ads
ލަންކާގެ މަސްބޯޓުތައް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް
އެއާކޯގެ އޮޕަރޭޝަނެއްގައި ލަންކާގެ 2 ބޯޓު އަނެއްކާވެސް އަތުލައިގަނެފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފައިވާ ކަމަށް އެމްއެންޑީއެފުން އިއްޔެ ބުނެފި އެވެ.
Advertisement

އެމްއެންޑީއެފް އިން ބުނީ، މި ބޯޓުތައް ހިފަހައްޓާފައި ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

ލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ 14:02 ހާއިރު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ދެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޭތެރެއަކުން ބޭރުގެ މަސްބޯޓުތައް އަތުލައިގަނެވެ. މިގޮތުން، މިދިޔަ ޑިސެމްބަރު 17ގައި ވެސް ލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއް އަތުލައިގެންފަ އެވެ. އޭރު ބޯޓުތައް އަތުލައިގަތީ، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް