ads
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު (ކ) އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމް
ހައި ކޯޓަށް ކުރީގެ ފަނޑިޔާރު ރައޫފާއި ގާޒީ ޝަފީއު އައްޔަނު ކުރަން ފާސްކޮށްފި
ހައި ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
Advertisement

ހައި ކޯޓުން ހުސްވި ފަނޑިޔާރުންގެ ދެ މަގާމަށް 19 ބޭފުޅަކު ވާދަ ކުރެއްވި، ހައި ކޯޓު ބެންޗަށް އައްޔަނު ކުރުމަށް ޖޭއެސްސީން  ނިންމާފައިވާ ދެ ބޭފުޅުންގެ ތެރެއިން ރައޫފް ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދޫކުރި ފްލެޓެއް އޭނާއަށް ހުށަހެޅުމުން ގަބޫލުކުރެއްވި ކަމަށް ބުނެ މިދިޔަ ސަރުކާރުގައި ޖޭއެސްސީން މައްސަލަ ބަލައި މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ.

ފަނޑިޔާރުކަމުން ވަކިވެވަޑައިގެންނެވުމަށް ފަހު، ސްޓެލްކޯގައި ވެސް ވަޒީފާ އަދާ ކުރެއްވި ރައޫފު ވަނީ ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ކެޔޮދޫ ދާއިރާއަށް ވެސް ވާދަކުރައްވައިފަ އެވެ.

ހައި ކޯޓުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ  ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރެއްވި ފަހުން އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލުގެ މައްޗަށް ކުރެވުނު ކްރޮފްޝަނުގެ ތުހުމަތުތަކަކާ ގުޅިގެން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް