ads
ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ހަމްބޮލްޓް ޔުނިވާސިޓީގައި ތަގުރީރުކުރުމަށް ރައީސް ޖަރުމަނަށް
ރަސްމީ ދަތުރުފުޅެެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަރުމަނަށް ވަޑަައިގަތުމަށް ނިންމައިފިއެވެ.
Advertisement

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ޖަރުމަނަށް ވަޑައިގަންނަވާނީ މަހުގެ 9 އިން 13 އަށްކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު، ޖަރުމަނުވިލާތުގެ ރައީސް ސްޓައިންމަޔާގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބައްދަލުވުން ތަކުގައި ދިވެހިރާއްޖެއާއި ޖަރުމަނުލިވާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރައްވާނެކަމަށާއި ރައީސްގެ މިދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވެގެންދާނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވާސިޓީގައި ތަޤުރީރުކުރައްވާނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. މި ދަތުރުފުޅުގައި ޖާމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސަށްވެސް ރައީސް ޒިޔާރަތް ކުރައްވައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. 

ރައީސްގެ މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މި ބިޒްނަސް ފޯރަމުގައި ދެޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މައުލޫމާތު ދޭނެކަމަށް ރައީސް އޮފީހުން ބުނެއެވެ. 

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ދަތުރުފުޅު މި ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާކަމަށް ރައީސް އޮފީހުން ބުނެއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް