މި ހިދުމަތް މިއަދު ފަށާފައިވަނީ ނ. މާފަރާއި އެ އަތޮޅު މިލަދޫ އަދި މާޅެންދޫގައެވެ.
މި ތިން ރަށުގައި މި ހިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު ލެބޯޓްރީގެ ހިދުމަތް 76 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ޤާއިމްކޮށްފައި ނެތްނަކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ނ.މާފަރު ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
17 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯޓްރީ ސާމާނު ހޯދުމަށް އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ 2024 ވަނަ އަހަރު ސޮއިކޮށްފައެވެ. ދެ ގައުމުގެ ދެމެދުގައި ވެވުނު "ލެޓާ އޮފް އެކްސްޗޭންޖް" ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސިއްހީ ވަޒީރު ޑރ. އަބްދުﷲ ހަލީލްއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި އޭރު ހުންނެވި ޗައިނާ ސަފީރު ވަން ލިޒިންއެވެ.