ads
އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ކްލިނިކްގެ ޑިރެކްޓާ ޑރ. މުހައްމަދު އަސީލް ޖަލީލް
ފާޓިލިޓި ސެންޓަރުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަނީ
ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަން މަސައްކަތް ކުރަމުން އަންނަކަމަށް އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ކްލިނިކްގެ ޑިރެކްޓާ ޑރ. މުހައްމަދު އަސީލް ޖަލީލް ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ ތާރީހީ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރުވެރިކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަސީލް ޖަލީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައި އައިވީއެފްގެ ފަރުވާ ދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ރާވަމުންދާކަމަށެވެ.  އަދި ފަސޭހައިން ރައްޔިތުން ތިބި ސަރަޙައްދެއްގައި ހިދުމަތް ލިބޭނެ ގޮތަށް ކަންކަން ބައްޓަންކުރަން މަސައްކަތްކުރަމުންދާކަމަށްވެސް ޑރ. އަސީލް ޖަލީލް ވިދާޅުވިއެވެ.

your imageދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ ތާރީހީ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ދެ ކަނބަލުން

ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައި.ވީ.އެފް. އަދި އައި.ޔޫ.އައި. ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދާއި އެއްގޮތަށް އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މެދުވެރިކޮށް ރާއްޖެއިން ބޭރުންވެސް ދަރިމައިވުމާ ގުޅޭ ފަރުވާ މިހާރު ލިބެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނެޝަނަލް ފާޓިލިޓީ ސެންޓަރު ހުޅުވީ 2024 ނޮވެންބަރު މަހުއެވެ. އަދި އެ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައި.ވީ.އެފް މެދުވެރިކޮށް ކުއްޖަކު އުފަންވީ މިއަހަރުގެ ޖަނަވަރީ 7 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް