ads
ކެންސަރުގެ ބަލި މީހުންނަށް އައިޖީއެމްއެޗްގައި ހުޅުވި ހާއްސަ ވޯޑް
މިދިޔަ އަހަރު ކެންސަރު ބަލީގެ ކޭސްތަކުގެ އަދަދު ދަށަށް
މިދިޔަ އަހަރު ކެންސަރު ބަލީގެ ދަފްތަރުގައި ރެޖިސްޓްރީ ކުރި ކޭސްތަކުގެ އަދަދު މިދިޔަ ފަސް އަހަރާއި އަޅާ ބަލާއިރު ބޮޑުތަނުން ދަށަށް ހިގައްޖެއެވެ.
Advertisement

ފެބުރުއަރީ ހަތަރެއް ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަނީ ދުނިޔޭގެ ކެންސަރު ދުވަހުގެ ގޮތުގައިގައެވެ. އެދުވަހާއި ދިމާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތައް ފައްކާގޮތުން މިދިޔަ ފަސް އަހަރުވެ ތެރޭގައި ރާއްޖޭގާއި އެންމެ މަދުން ކެންސަރު ކޭސްތައް ފެނުނީ މިދިޔަ އަހަރުއެވެ. 

ގައުމީ ކެންސަރު ބަލީގެ މީހުންގެ ދަފްތަރުގައި އާ ކޭސްތައް ގޮތުގައި މިދިޔަ އަހަރު ރެޖިސްޓްރީ ކޮށްފައިވަނީ 111 ކޭސް އެވެ. މީ އޭގެ ކުރީ އަހަރާއި އަޅާކިޔާއިރު 84 ކޭސް މަދު އަދަދެކެވެ. 2024 ވަނަ އަހަރުގު 195 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ކެންސަރު ބަލީގެ މީހުންގެ ދަފްތަރުގައި އާ ކޭސްތައް ގޮތުގައި ރެޖިސްޓްރީ ކުރި އަދަދުތައް

  • 2020 ވަނަ އަހަރު 137
  • 2021 ވަނަ އަހަރު 208 
  • 2022 ވަނަ އަހަރު 244 
  • 2023 ވަނަ އަހަރު 211
  • 2024 ވަނަ އަހަރު 19
  • 2025 ވަނަ އަހަރު 111

ގައިން ގަޔަށް ނާރާ ބަލީގެ ގޮތުގައި ރާއްޖޭގައި އެންމެ ގިނައީ ކެންސަރު ބަލީގެ މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް