ބީއެމްއެލް އިން ބުނިގޮތުގައި ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރު ގްރައުންޑް ފްލޯއިންނެވެ. އަދި އެ ހިދުމަތް ލިބިގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ނެގޭނެ އެވެ.
މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް:
– ފެބްރުއަރީ 8 އިން 26 ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށް
– ކޮންމެ އުމްރާވެރިއަކަށް ވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރު
– ކޮންމެ އުމްރާވެރިއަކަށްވެސް ޖުމްލަ ފަސް އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ
– ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑުން
މީގެއިތުރުން ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ.
އެބޭންކުން ވަނީ އެހެނިހެން އުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނޭ ކަމަށް ބުނެފަ އެވެ.