ads
ހުޅުމާލޭ ހޮސްޕިޓަލުގައި ކެންސަރު ބަލީގެ މީހުން ފަރުވާދޭ ވޯޑް
ކެންސަރު ބަލީގައި ރާއްޖޭގައި ގިނައީ އަންހެނުން
ރާއްޖޭގައި ކެންސަރު ބަލީ ރިޕޯޓްކޮށްފައިވާ ކޭސްތަކަ\ށޤ ބަލާއިރު އެ ބަލީގައި ގިނައީ އަންހެނުންކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
Advertisement

މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅުވާ އެޗްޕީއޭއިން އާާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 1،106 މީހުން ކެންސަރުގެ ދަފްތަރުގައި ހިމެނިފައިވެއެވެ. 

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ކެންސަރު ބަލީގައި ރިޕޯޓްކޮށްފައިވާ ކޭސްތަކަށް ބަލާއިރު މި ބަލީގައި ގިނައީ އަންހެނުންކަމަށެވެ. އެގޮތުން ގައުމީ ކެންސަރު ބަލި މީހުންގެ ދަފްތަރުގައިވާ ގޮތުން ރާއްޖޭގައި އެ ބަލި ތަހައްމަލުކުރަމުންދާ މީހުންގެ 57 އިންސައްތައަކީ އަންހެނުންކަމަށް އެޗްޕީއޭއިން ބުނެއެވެ. ފިރިހެނުންގެ އަދަދަކީ 43 އިންސައްތަކަމަށް އެޗްޕީއޭގެ ބުނެއެވެ. 

އެޗްޕީއޭއިން އާއްމުކުރި ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އަލަށް ކެންސަރު ބަލި ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ މިދިޔަ އަހަރުއެވެ. 

ގައުމީ ކެންސަރު ބަލީގެ މީހުންގެ ދަފްތަރުގައި އާ ކޭސްތައް ގޮތުގައި މިދިޔަ އަހަރު ރެޖިސްޓްރީ ކޮށްފައިވަނީ 111 ކޭސް އެވެ. މީ އޭގެ ކުރީ އަހަރާއި އަޅާކިޔާއިރު 84 ކޭސް މަދު އަދަދެކެވެ. 2024 ވަނަ އަހަރުގު 195 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ކެންސަރު ބަލީގެ މީހުންގެ ދަފްތަރުގައި އާ ކޭސްތައް ގޮތުގައި ރެޖިސްޓްރީ ކުރި އަދަދުތައް

  • 2020 ވަނަ އަހަރު 137
  • 2021 ވަނަ އަހަރު 208 
  • 2022 ވަނަ އަހަރު 244 
  • 2023 ވަނަ އަހަރު 211
  • 2024 ވަނަ އަހަރު 19
  • 2025 ވަނަ އަހަރު 111

ގައިން ގަޔަށް ނާރާ ބަލީގެ ގޮތުގައި ރާއްޖޭގައި އެންމެ ގިނައީ ކެންސަރު ބަލީގެ މީހުންނެވެ. އެގޮތުން މީގެކުރިން އައިޖީއެމްއެޗުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ އާއްމީ އުރަމަތީގެ ކެންސަރާއި ތައިރޮއިޑް ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް