ads
އާރްޓީއެލް ލޯންޗުތައް
އުނގޫފާރާއި ދުވާފަރާއި ދެމެދު އާރުޓީއެލްގެ ދަތުރުތައް ފަށަނީ
އުނގޫފާރާއި ދުވާފަރާއި ދެމެދު އާރުޓީއެލްގެ ސީދާ ދަތުރުތައް މަދަމާއިން ފެށިގެންދާނެކަމަށް އެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.
Advertisement

އެމްޓީސީސީން ބުނީ ރާއްޖޭޢގައި ހައި ސްޕީޑް ފެރީގެ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ " އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ރ އަތޮޅުގައި އިތުރު ރޫޓެއް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. 

މި އާ ރޫޓްގެ ސަބަބުން ރ. އުނގޫފާރާއި އަދި ރ. ދުވާފަރާއި ދެމެދު ކުރެވޭ ދަތުރުތައް އިތުވެގެން ދާނެކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ދުވާފަރާއި އުނގޫފާރާއި ދެމެދު ސީދާ ދަތުރުތައް މާދަމާ ފަށާނެކަމަށް އެމްޓީސީސީން ބުނެއެވެ. 

އެ ރޫޓަށް އަލަށް އިތުރު ކުރު ފެރީއަކީ 25 މީހުންގެ ޖަގައިގެ ފެެރީއެއްކަމަށާއި ދަތުރުތައް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް އޮންނާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ. 

އާރްޓީއެލްގެ ހިދުމަތް ރ.އަތޮޅަށް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. 

އާރް.ޓ.ީއެލް ހިދުމަތް ޖުމްލަ 12 އަތޮޅެއްގައި މިހާރު މި މިއަންނަނީ ދެމުންނެވެ. އެއ ހއ،. ހދ،. ށ. ނ،. ރ. ބ. ޅ. ތ. ގއ. ގދ. ޏ،. އައްޑޫ ސިޓީއެވެ. ބާކީ އޮތް 8 އަތޮޅުގައިވެސް އާރް.ޓ.ީއެލް ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް