ads
އެމްއެސްޑީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ނޫރްބާން ފަހުމީ: މި ދެ ތަނުގެ ބޯޑަށް ވެސް ނޫރްބާން ވަނީ އައްޔަންކޮށްފަ - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ސެކިއުރިޓީސް ޑިޕޮސިޓަރީގެ ސީއީއޯ އަދި އެމްޑީއަކަަށް ނޫރްބާން
މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) ގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސް، އެމްއެސްޑީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރަކަށް ނޫރްބާން ފަހުމީ އައްޔަންކޮށްފި އެވެ.
Advertisement

އެމްއެސްޑީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ހިންގުމުގެ އެންމެ އިސް މަގާމުތަކުގެ އިތުރުން، އެމްއެސްއީގެ ޗީފް ސްޓްރެޓަޖީ އޮފިސަރަކަށާއި ދެ ކުންފުނީގެ ބޯޑަށް ވެސް ނޫރްބާން ވަނީ އައްޔަންކޮށްފަ އެވެ. މި ބަދަލުތައް ގެނެސްފައި ވަނީ މި އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

އެމްއެސްޑީ އާއި އެމްއެސްއީގެ ބޯޑުން މި ބަދަލުތައް ގެނައީ، އިދާރީ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީކުރުން ހަރުދަނާކޮށް، ސްޓްރެޓަޖިކް އަމާޒުތަކުގެ ދަށުން ރާއްޖޭގެ ކެޕިޓަލް މާކެޓު އާ ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވެދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް މި ބަދަލުތައް ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ގާނޫނީ އަދި ޕަބްލިކް މެނޭޖްމަންޓު ދާއިރާއިން އިނގިރޭސިވިލާތުން ތައުމީލް ހާސިލްކުރައްވާފައިވާ ނޫރްބާން ވަނީ  އެމްއެސްޑީގެ އިތުރުން އެމްއެސްއީގެ ތަފާތު އިސް މަގާމުތަކުގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ސީއޯއޯ މަގާމާއި ލީގަލް ކައުންސެލް އަދި ކޮމްޕެނި ސެކެޓްރީގެ މަގާމުގެ ހިމެނެ އެވެ. އޭނަ ކުެިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ކައުންސެލްގެ މަގާމު ވެސް އަދާކުރެއްވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް