ިދިޔަ މަހުގެ 31 ގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ ހިޔާ ޓަވަރުގެ 9ވަނަ ފްލޯއާއި 14ވަނަ ފްލޯއާއި ދެމެދުގެ ވައިގޮޅީގައި ހުރި އެސީ އައުޓްޑޯއެއްގައެވެ. މި ހާދިސާގައި ހާލުގައި ޖެހުނު 31 އެޕާޓްމަންޓެއްގެ 148 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ.
އެންޑީއެމްއޭއިން ބުނީ ވަގުތީ ހިޔާވަހިކަން ބޭނުން ޖެހުނު މީހުންގެ ކެއުމާއި ހުރުމަށް ފަސްދުވަހަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ހޭދަވި ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
ހިޔާގެ އަލިފާނާއި ގުޅިގެން 148 މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައި
އެ އިދާރާއިން ބުނީ ހިޔާ ފްލެޓް 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް އެޗް.ޑީ.ސީ އިން މިހާރު އަންގާފައިވާކަމަށެވެ. އެހެންކަމުން އެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން 31 އެޕާޓްމަންޓެއްގެ 148 މީހުންނަށް ދިން އެހީތެރިކަމުގެ މުއްދަތު މިއަދު ހަމަވުމާއެކު، އެ އާއިލާތައް އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫއަވާނެކަމަށް އެންޑީއެމްއޭއިން ބުނެއެވެ.