ސުޖާތާ މަގާމުން އިސްތިއުފާދެއްވާފައި މިވަނީ ޕެންޝަން އޮފީހުގެ ޗެއާމަން ޑރ. އަހުމަދު އިނާޒް އެ މަގާމުން މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އަދި ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްޓްކޮށްގެން ޕެންޝަން ފަންޑަށް ގެއްލުމެއް ނުވާނެ ކަމަށް އެ އޮފީހުން ރޭ ބުނެފައި ވަނިކޮށެވެ.
ސުޖާތާއަކީ ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށްް ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި އިސްތިއުފާ ދެއްވި ހަތަރު ވަނަ ބޭފުޅާއެވެ. މީގެ ކުރިން ޕެންޝަން އޮފީހުގެ ޗެއާމަން ޑރ. އަހުމަދު އިނާޒާއި އެ ބޯޑު މެމްބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމްވެސް ވަނީ އިސްތިއުފާދެއްވާފައެވެ.
ޕެންޝަން އޮފީހުން ރޭ ނެރުނު އެ ބަޔާނުގައި ބުނީ ފިނޭންސުން ހުށަހެޅި ޕްރޮޕޯސަލަކީ ދިވެހި ރުފިޔާ އާއި ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ އިންވެސްޓްމެންޓެއް ކަމަށެވެ. އަދި ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިންކަމަށެވެ.