މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ އެވެ. އެ ކުންފުންޏަކީ ހެލްތުކެއާ މަޝްރޫއުތަކުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
އޭޑީކޭއިން ބުނީ އަލަށް އަޅާ އިމާރާތަކީ އެ ހޮސްޕިޓަލްގެ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރަން ހިންގާ މަޝްރޫއުގެ ހަތަރު ފިޔަވަހީގެ މަސައްކަތެއްކަމަށެވެ. އަދި މި އިމާރާތާއިއެކު އެ ހޮސްޕިޓަލްގެ ވަސީލަތްތަކާއި ހިދުމަތްތައް އިތުރަށް ފުޅާވެ ޖާގަ ތަނަވަސް ތަނަކަށް ވެގެންދާނެކަމަށެވެ.
އޭޑީކޭއިން 13 ފަންގިފިލާގެ އިތުރު އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ސިއްހީ ހިދުމަތް ދޭން 1987 ވަނަ އަހަރު ފެށި މެޑިކިލްނިކް އޭދީކޭގެ ނަމަށް ބަދަލުކުރީ 1992 ގައެވެ. ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްްޕިޓަލް އޭޑީކޭ ހޮސްޕިޓަލް ހުޅުވާ ފަރުވާދޭން ފެށީ 1996 ގައެވެ. ކުރިން ސެންޓަރަލް ހޮސްޕިޓަލް ހުރުި އިމާރާތުގައި ދެމުން އައި ހިދުމަތް ފުޅާކުރަމުން ދާދި ފަހުންވެސް ވަނީ އިތުރު އިމާތާރެއް އަޅާ އާ ހިދުމަތްތައް ދޭން ފަށާފައެވެ.