އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.
އެމްޓީސީސީއާ ހަވާކުކުރި ސްކޫލްތައް
އާރުޑީސީއާ ހަވާލުކުރި ސްކޫލްތައް
އެފްޑީސީއާ ހަވާލުކުރި ސްކޫލްތައް
އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރ. އިންނަމާދޫ، ށ. ފޭދޫ، ފ. ދަރަނބޫދޫ އަދި ގދ. ފިޔޯރީ ސްކޫލްގެ އައު އިމާރާތް ހެދުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލް ލަތީފް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދެވެ.
ށ. ފޭދޫ ސްކޫލު އެޅުމުގެ މަޝްރޫއުގެ ދަށުން ، 9,320 އަކަފޫޓުގެ ސަރަހައްދެއްގައި 8 ކްލާސްރޫމާއި 2 ފަންގިފިލާގެ މަލްޓިޕާޕަސް ހޯލެއް ހަދާނެއެވެ. މި މަޝްރޫއުގެ އަގަކީ 22.09 މިލިއަން ރުފިޔާއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
ފ. ދަރަނބޫދޫ ސްކޫލްގެ މި މަޝްރޫއުގެ ދަށުން ، 17,140 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ 3 ކްލާސްރޫމާއި 2 ފަންގިފިލާގެ މަލްޓިޕާޕަސް ހޯލެއް ހަދާނެއެވެ. 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 22.70 މިލިއަން ރުފިޔާއެވެ.
ރ. އިންނަމާދޫ ސްކޫލް އެޅުމުގެ މަޝްރޫއުގެ ދަށުން 5,860 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ ސްކޫލް އޮފީސް އިމާރާތެއް ހަދާނެއެވެ. މި މަޝްރޫއުގެ އަގަކީ 6.31 މިލިއަން ރުފިޔާއެވެ. އަދި މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭ ނިންމަން ޖެހޭ ގޮތަށެވެ.