މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 51.6 މިލިޔަން ރުފިޔާއަށެވެ.
މި އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަހުލާމް ރުޝްދީއެވެ.
މި މަޝްރޫއުގެ ދަށުން އާ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ސީއެޗްއެސްސީ ހިންގާ ބިމުގައި އޮތް ހުސް ޖާގައިގައެވެ. މި އެއްބަސްވުމުގެ ދަށުން އަޅާ އިމާތާތުގައި 15 ކްލާސްރޫމާއި 4 ސައިންސް ލެބާއި ސްޓާފް ރޫމަކާއި ލީޑިން ޓީޗަރުންނަށް ހާއްސަ ރޫމަކާއި އެޑްމިން އޮފީހެއް ހިމެނެއެވެ. މީގެއިތުރުން އެ އިމާރާތުގައި 3 ލިފްޓާއި ޕާކިން އޭރިއާވެސް ހަދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.