ads
ސޯޝަލް ސައުނާ
ކޮފީ މޭޒުގެ ބަދަލުގަ، "ސޯޝަލް ސައުނާ"
ޒަމާނުއްސުރެ ރައްޓެހިންނާ ބައްދަލުކޮށް، ވަގުތު ހޭދަކުރުމަށްޓަކައި މީހުން ޖަމާވަނީ ކެފޭތަކަށާއި ރެސްޓޯރެންޓްތަކަށެވެ.
Advertisement

އެހެންނަމަވެސް، ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ޒުވާނުންގެ މެދުގައި މިހާރު ފެތުރެމުންދާ އާ ޓްރެންޑަކީ "ސޯޝަލް ސައުނާ" ގެ ޓްރެންޑެވެ. މިއީ ކޮފީ މޭޒު ދޫކޮށް، ރައްޓެހިންނާއެކު ސައުނާއެއްގައި ނުވަތަ ފިނި ފެންގަނޑެއްގައި (އައިސް ބާތު) ތިބެގެން ވާހަކަދައްކާލައި، ގުޅުން ބަދަހިކުރުމުގެ އާދައެވެ.

މި ބަދަލު އެންމެ ބޮޑަށް ފެންނަނީ ސިއްހަތަށް ލޯބިކުރާ ޒުވާނުންގެ ފަރާތުންނެވެ. ގްލޯބަލް ވެލްނަސް ސަމިޓުން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން، "ސޯޝަލް ސައުނާ" ގެ މަގުބޫލުކަން އިތުރުވަމުންދަނީ މިއީ ފޯނާއި ޓެކްނޮލޮޖީއާ ދުރުގައި ވަގުތުކޮޅެއް ހޭދަކޮށްލެވޭ މަދު ތަންތަނުގެ ތެރެއިން ތަނަކަށް ވާތީއެވެ. ސައުނާއަށް ފޯނު ވެއްދުމަކީ އާންމުކޮށް މަނާ ކަމަކަށްވާތީ، މިއީ އެކަކު އަނެކަކާ ދައްކާ ވާހަކައަށް ސަމާލުކަން ދިނުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މިކަމާ ގުޅޭގޮތުން ވެލްނަސް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އޮފީލިއާ ޔިއޯ ބޭރުގެ މީޑިއާއަކަށް ވިދާޅުވެފައިވަނީ، ޒުވާނުން މިހާރު ބޭނުންވަނީ ހަމައެކަނި ކަސްރަތު ކުރުމެއް ނޫން ކަމަށެވެ.

"މީހުން ބޭނުންވަނީ އެމީހުންނާ އެއް ވިސްނުމެއްގެ ބަޔަކާ ދިމާވެ، މާނަހުރި ގުޅުމެއް ބާއްވަން. ސައުނާގެ ހޫނުކަމުގެ ތެރޭގައި ތިބެގެން ކުރެވޭ މުއާމަލާތްތަކުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ،" އޮފީލިއާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތާއި، އެމެރިކާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި މިހާރު ގިނަ އަދަދެއްގެ "ކޮމިއުނިޓީ ސައުނާ" ތައް އަންނަނީ ހުޅުވަމުންނެވެ. އަދި ދުނިޔޭގެ ފެންވަރުގައި ޒުވާނުންގެ މެދުގައި ބަނގުރާ ބުއިން މަދުކުރުމުގެ އާދަ ނުވަތަ "ސޯބާ ކިއުރިއަސް" މޫވްމަންޓް ފުޅާވަމުންދާތީ، ރޭގަނޑު ބޭރަށް ގޮސް އުޅުމަށްޓަކައި ކްލަބްތަކާއި ޕާޓީތަކުގެ ބަދަލުގައި، ސިއްހަތަށް ފައިދާހުރި މިފަދަ ތަންތަން ހިޔާރުކުރުން ވަނީ އިތުރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް