ރައީސް މުއިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށެވެ. އެހެންވެ އެކަމާ ގުޅިގެން އިދިކޮޅު ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވި އެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރީ މިދިޔަ ދެ ރިޔާސީ ބަޔާނުގައި ރައީސް ވެވަޑައިގެންނެވި ވައުދުތަކެވެ. އެއިން ބައެއް ވައުދުތައް އެމަނިކުފާނު ވިދާޅުވާ މަންޒަރުގެ ވީޑިއޯ ވެސް އެޅުވި އެވެ.
މިދިޔަ އަހަރު ފާސްކުރި ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައި ރައީސް ރިޔާސީ ބަޔާނުގައި ސިފަކުރައްވައި އެކި ރަށްތަކުގައި12،000އަށް ވުރެ ގިނަ ފްލެޓް އަޅަން ވައުދުވި ނަމަވެސް އެ ކަން ކުރިއަށްނުދާ ކަމަށް އެމްޑީޕީން މިއަދު ބުންޏެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވާއިރު، މިދިޔަ އަހަރުގެ ބަޔާނުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ނުވި ސަބަބު ރައީސް ވިދާޅުވެދެއްވަން ޖެހޭނެ އެވެ.