ރައީސް މިކަން ހާމަކުރެއްވީ މިއަހަރަށް މަޖިލިސް ހުޅުވާ ދެއްވާ ދެއްވި ރިޔާސީ ބަޔާނުގައެވެ.
ރިޔާ ބަޔާން އިއްވަމުން ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް، މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމެވިކަން އިއުލާން ކުރައްވާކަމަށެވެ. އަދި ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ރާއްޖެއަށް ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާކަންވެސް ރައީސް މުއިއްޒު އިއުލާން ކުރެއްވިއެވެ. އަދި އެ ކޮމިޝަނުން ބަލާ ފިޔަވަޅު އަޅަންޖެހޭ ބަޔަކަށް ފިޔަވަޅޫ އަޅާނެކަމުގެ އިންޒާރުވެސް ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.
ޗާގޯސް ނުވަތަ ފޯޅަވަހީގެ ތާރީހެއް ރާއްޖެއަށް އޮތް ކަމަށާއި، އެއީ އޭރުވެސް މިހާރުވެސް ދިވެހީން މަހަށް ނުކުމެ ތިބޭ ސަރަހައްދެއް ކަމުން ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން 18 ޖަނަވަރީ 2026ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ގެއްލުނު ސަރަހައްދު ހޯދަން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.