މިއަހަރަށް މަޖލިސް ހުޅުވާދެއްވާ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ރިސޯޓް ފަދަ ގުދުރަތީ އެސެޓްތަކުގެ ހަގީގީ ވެރިންކަމަށްވާ ދިވެހި ހުރިހާ ރައްޔިތުންނަށް އޭގެ ހިއްސާއެއް ލިބޭބނެ ގޮތް ހެދުމަކީ އެންމެ އަދުލުވެރު ގޮތްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
އެގޮތުން އެކަމާއި މެދު ކެބިނެޓްގައި މަޝްވަރާކޮށް ނިންމާފައިވަނީ ސަރުކާރުކުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ހަދާ އެ ރިސޯޓްތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކުންޓަށް ހަމަހަމަ ކަމާއި އެކު އަހަރު އެއްފަހަރު ޑޮލަރުން ޖަމާކޮށްދޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނަކީ މި 10 ރިސޯޓްގެ ހިއްސާ ދާރުންކަމަށް ގާނޫނަކުން ކަނޑައަޅާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ މި ފައިސާ ޖަމާވާން ފެށުމުން އައިލާތަކަށް ލިބިގެންދާނެ ގޮތް މިސާލާއެކު ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރިސޯޓް ނެތް ސަރަހައްދު ތަކުގައި ރިސޯޓް ތަރައްގީކުރާނެކަމަށެވެ.