ads
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ
ޓެކްސް ދައްކަން ނުޖެހޭ ގޮތަށް އައްޑޫ ވިޔަފާރި ހަބަކަށް ހަދާނަން: ރައީސް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދީގެން އައްޑޫ ސިޓީއަކީ ރާއްޖޭގެ ފުރަތަމަ ވިޔަފާރި އައިޓީ ހަދަން ނިންމާފައިވާކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
Advertisement

ކަން ރައީސް އިއުލާންކުރެއްވީ، މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ސަރުކާރުގެ ކުރިޔަށް ހުރި ސިޔާސަތުތައް ހާމަކުރައްވަމުންނެވެ. 

ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް އިތުރުކޮށް، ކުރިއަރުވާ މަގުފަހިކުރުވުމުގެ ގޮތުން ރާއްޖޭގެ ކަނޑައަޅޭ ވަކި ސަރަހައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތުތަކަަކަށް ގިނަ ލުއިތަކަކާ އެކު ކުދި އަދި މެދުފަންތީގެ އިންވެސްޓްމަންޓުތަކަށް ހުޅުވާލަން ނިންމާފައިވާކަން ރައީސް މުއިއްޒު ވަނީ އިއުލާންކުރައްާފައެވެ. 

އެގޮތުން ބިމު ކުއްޔާއި އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ޓެކްސް ނުދައްކާ ގޮތަށް ހަމަޖެއްސުމާއި އެހެނިހެން އިންސެންޓިވްތައް ދިނުން ހިމެނޭކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް އެ ލުއިތަކާ އެކު، އައްޑޫގައި އިންވެސްޓުކުރަން ފުރުދސަތު ހުޅުވާލަން ނިންމާފައިވާކަމަށެވެ. 

" އެންމެ ފުރަތަމަ ހުޅުވާލާ ސަރަަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން އައްޑު އަތޮޅަކީ 1 ޖެނުއަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓުކުރުމަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަން އިއުލާންކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސްް މުއިއްޒު ވިދާޅުވީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން އައްޑޫ ސިޓީގައި އެތަކެއް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށާއި އެއީ މުޅި ރާއްޖެއަށް ވެސް އިގުތިސާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމެއްކަމަށެވެ. 

" މިފުރުސަތުގެ ބޭނުންކޮށް އައްޑޫ އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބްގެ ގޮތުގައި ހެދުމަށް އެކަމަށް ޝައުގުވެރިކަން ހުރި އެންމެހާ ފަރާތްތަކަށް ސަރުކާރުން ދައުވަތުދެން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް