އެމްއެންޑީއެފްއިން ވިދާޅުވީ، ބަންޑުން ޖަހާލީ "ބުލެޓް ސްޕީޑު" ނަމަކަށް ކިޔާ ލޯންޗް ކަމަށެވެ. އަދި މި ލޯންޗުން ބަންޑުން ޖަހާލީ ކެޕްޓަނާއިއެކު 9 ފަތުރުވެރީންނާއި، 2 ފަޅުވެރީންނާއެކު ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.
މި ލޯންޗުގައި ދަތުރުކުރި މީހުން ކަނޑުވެފައިތިއްބައި ފުރަތަމަ އެހީތެރިވެފައިވަނީ، އެ ސަރަހައްދުން ދަތުރުކުރި "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗެކެވެ. އެއަށްފަހު އެ ސަރަހައްދުގައި ހަރަކާތްތެރިވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރު ކްރާފްޓަށް އެ މީހުން ބަދަލުކުރި ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އަދި މި ލޯންޗުން ދަތުރުކުރި މީހުން މިއަދު 09:40 ހާއިރު ސަލާމަތްތެރި ކަމާއެކު މާލެ ގެނެސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވެސް އެމްއެމްޑީއެފުން ބުންޏެވެ.