ads
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އީރާނުގެ ނިއުކްލިއާ އޯގަނައިޒޭޝަނަށް ޒިޔާރަތްކުރައްވަނީ. - ފޮޓޯ: އޭއެފްޕީ
އީރާނާއި އެމެރިކާއިން ނިއުކްލިއާ މަޝްވަރާތައް މާދަމާ ފަށާނީ އޮމާންގައި
އެމެރިކާއާއި އީރާނުން އަންނަ ހުކުރު ދުވަހު ނިއުކްލިއާ މަޝްވަރާތައް އޮމާނުގައި ކުރަން ނިންމާފައިވާ ކަމަށް ސަރަހައްދީ އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓް ކޮށްފި އެވެ.
Advertisement

އީރާނުގެ ފޮރިން މިނިސްޓްރީގެ މަސްދަރަކުން ބުނި ގޮތުގައި އެ ގައުމުން މަޝްވަރާތަކުގައި ބައިވެރިވަނީ މާ ބޮޑު އުންމީދެއް، އަދި ނާއުންމީދެއް ވެސް ނެތި އެވެ. އީރާނުގެ ދިފާއީ ބާރުވެރިކަމަކީ އެ ކަމާމެދު ސުވާލު އުފެއްދޭނެ ކަމެއް ނޫން ކަމަށާއި، އެ ގައުމުން ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް އޮތް ކަމަށް އެ މަސްދަރުން ބުނެ އެވެ.

އީރާންގައި މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުން މަޝްވަރާތަކުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރު އަރަޣްޗީ އެވެ. އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޓްރަމްޕުގެ ހާއްސަ މަންދޫބު ސްޓީވް ވިކްޓޯފް ކަމަށް ބެލެވެ އެވެ. 

މި މަޝްވަރާތައް މި ފެށެނީ، އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ފައުޖުތައް އަރަބި ކަނޑަށް ޖަމާކުރުމަށް އަމުރުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. މަޝްވަރާތައް ކުރާނެކަން ކަށަވަރުވި ނަމަވެސް ދެ ފަރާތުން އެއްބަސްވާ އެޖެންޑާއަކަށް ނާދެވޭ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

އީރާނުން ވަނީ ހުޅަނގުގެ ގައުމުތަކާ އެކު ދިގު މުއްދަތަކަށް ކުރިއަށް ގެންދާ ނިއުކްލިއާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ހަނިކުރުމަށް ބާރުއަޅާފަ އެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ވެސް ވަނީ އެމެރިކާ މި މަޝްވަރާތަކުގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފަ އެވެ.

"އެމެރިކާއާ އެކު ނިއުކްލިއާ ޕްރޮގްރާމްގެ މަޝްވަރާތައް ހުކުރު ދުވަހުގެ ހެނދުނު 10 ޖަހާއިރު މަސްކަޓްގައި ފެށުމަށް ވަނީ ތާވަލްކޮށްފައި،" އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

މި މަޝްވަރާތައް ބާއްވާނެ ތަނަކާ މެދު މީގެ ކުރިން ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. މިފަހަރުގެ މަޝްވަރާތައް ބާއްވާ ގައުމަކަށް ތުރުކީގެ ބަދަލުގައި ހަމަޖެއްސީ އޮމާނެވެ. 

އީރާނާއި އެމެރިކާއާ ދެމެދު 1980 ވަނަ އަހަރުން ފެށިގެން ރަސްމީ ހާރިޖީ ގުޅުމެއް ނެތެވެ. މިދިޔަ އަހަރު މަސްކަޓްގައި ބޭއްވި މަޝްވަރާތައް ހުއްޓުމަކަށް އައީ އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް