އެ އިދާރާއިން ބުނީ މީހުން ހޯދަނީ ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކަމަށެވެ. މި މަގާމުގެ 34 މީހުން ބޭނުންވާކަމަށް ފުލުހުން ބުނެއެވެ.
އެ މަގާމުގެ މުސާރައަކީ 17,175.00 ރުފިޔާ އެވެ. މި މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 10 ނިންމާފައިވާ ޒުވާނުންނަށްކަމަށް ފުލުހުން ބުނެއެވެ. އަދި އެ ޒުވާނަކީ މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހޭނެކަމަށް ފުލުހުން ބުނެއެވެ.
މި މަގާމަށް ކުރިމަތިލާ މީހަކީ ފިރިހެނަކު ނަމަ އިސްކޮޅުން 05 ފޫޓް 03 އިންޗި ހުންނަން ޖެހޭނެކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އަންހެނަކު ނަމަ އިސްކޮޅުން 05 ފޫޓް ހަމަވާން ޖެހޭނެކަމަށްވެސް ފުލުހުން ބުނެއެވެ.
ވަޒީފާއަށް މީހުން ނެގުމުގައި ބަލާނެ އަދި އިސްކަންދޭނެ ކަންތައްތައް:
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، މިމަހުގެ 12 ވަނަ ދުވަހުގެ 16:00 ގެ ކުރިން ހުށައެޅުމަށް ފުލުހުން އެދެއެވެ.