ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި މިކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވީ، އެ ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށެވެ.
ރައީސް ވަނީ މި އަހަރު ހުރިހާ ސްކޫލުތަކަކަށް އެ ހުރިހާ ވަސީލަތެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީން ދެއްވައިފަ އެވެ.
މީގެ އިތުރުން، ތެރަޕީ ހިދުމަތް ލިބުމުގައި އޮތް ދަތިތައް މިހާރުން މިހާރަށް ކުޑަކުރަން ކުރިއަށް އޮތް ހަ މަސްދުވަސް ތެރޭ ރާއްޖެއިން ބޭރުން 50 ތެރަޕިސްޓުން ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ އެފަދަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާގައި އުޅޭ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް، ވޯކް ފްރޮމް ހޯމް ގޮތަށް އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ސެން ޓީޗަރުން ނުލިބޭ މައްސަލައަކީ އެފަދަ ދަރިވަރުންނަށް ކިޔަވައިދިނުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެފަދަ ޓީޗަރުން ތަމްރީނު ކުރުމަށް ހާއްސަ ޕްރޮގްރާމެއް މިދިޔަ އަހަރު ފަށާފައި ވާނެކަން ރައީސް ފާހަގަކުރެއްވި އެވެ.