ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ރާއްޖެ.އެމްވީ
ހަންގޭރީ އާއި ބަހްރައިންގެ ހާރިޖީ ވަޒީރުންނާއި މިނިސްޓަރު ޝާހިދު މަޝްވަރާކުރައްވައިފި
ބަހްރައިންގެ ހާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ އާއި ހަންގޭރީގެ ހާރިޖީ ވަޒީރު ޕީޓާ ޒިއާޓޯއާއި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަކިވަކިން ފޯނުން ގުޅުއްވައި، ކޮވިޑް-19 އާއި ގުޅޭ ގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީ އިން މައުލޫމާތުދިން ގޮތުގައި މިފޯންކޯލްތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނާއި، ވައިރަސްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު އެ ދެބޭފުޅުންނަށް މިނިސްޓަރު ޝާހިދު ވަނީ އަރުވާފައެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ބަހްރައިން އާއި ހަންގޭރީއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެމަނިކުފާނު ތައުރީފް ކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

ބަހްރައިންގެ ހާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަހުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިއަހަރު ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމްކުރިތާ 40 އަހަރު ވާނެކަން މިނިސްޓަރު ޝާހިދު ފާހަގަކުރައްވާފައި ވާކަމަށް މިިނިސްޓްރީ އިން ބުނެއެވެ. 

ހަންގޭރީގެ ހާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ސަބަބުން ގައުމުތަކަށް ލިބޭ އިގްތިސާދީ އަދި މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަގްވާމީ މުޖްތަމައު އެކީގައި މަސައްކަތްކުރަން ޖެހޭކަމަށް ދެބޭފުޅުންވެސް ވިދާޅުވެފައި ވާކަމަށް ފޮރިން މިިނިސްޓްރީ އިން މައުލޫމާތުދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް