މިއަދުގެ ހުކުރު ނަމާދު ވަގުތު ޕާކިސްތާންގެ މިސްކިތެއްގައި ބޮމެއް ގޮއްވައިލުމާ ގުޅިގެން 31 އަށް ވުރެ މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

Advertisement
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ.
އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެކެވެ. ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ އެ އެޖެންސީން ބުނީ މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މީޑިއާތަކުން ބުނީ ވެރިރަށް އިސްލާމްއާބާދުގެ ޝިއީ މިސްކިތެއް ކަމަށްވާ "ހަދީޖަތުލް ކުބްރާ" ގައި ގޮއްވައިލި ހާދިސާގައި މިހާތަނަށް 31 މީހަކު މަރުވެފައިވާ އިރު، 170 އެެއްހާ މީހުން ޒަހަމްވެފައިވާ ކަމަށެވެ. މިކަމާ ގުޅޭ ތަހުގީގު މިހާރު ވަނީ ފަށާފައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.