ads
ކުޅުދުއްފުށީ ކެމްޕެއިން ޖަލްސާގައި މިނިސްޓަރު މުއްތަލިބު ވާހަކަ ދައްކަވަނީ
ކުޅުދުުއްފުއްޓަށް ވައުދެއް، މިއަހަރު ފްލެޓް ހަދަން ފަށާ ކުރިމަތިލާން ހުޅުވާލާނަން
ކުޅުދުއްފުށީގައި އަޅަން ނިންމާފައިވާ 2،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެއެވެ.
Advertisement

މުއްތަލިބު މީހެން ވިދާޅުވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީ ވާދަކުރާ ކެންޑިޑޭޓުން ތައާރަފުކުރަން ރޭ އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ކުޅުދުއްފުށީގައި އަޅަން ނިންމާފައިވާ 2،000 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެޗްޑީސީއާއެވެ. މުއްތަލިބް ރޭ ވިދާޅުވީ މި ހައުސިން ޔުނިޓްތައް ހަދައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި މި އަހަރު މަސައްކަތް ފަށާ ހައުސިން ޔުނިޓަށް ކުރިމަތިލާންވެސް މިއަހަރު ހުޅުވާލާނެކަމަށެވެ.

" އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މިއަހަރުގެ ތެރޭގައި އޭގެ މަސައްކަތްވެސް ފަށައި އަދި މި ޔުނިޓުތައް ދޭންޖެހޭ ފަރާތްތައް ހޯދުމަށްޓަކައި އިއުލާންކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެކަމަށް" ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވިއެވެ.

your imageކުޅުދުއްފުށީގައި ޕީއެންސީން ބޭއްވި ކެމްޕެއިން ޖަލްސާގެ ތެރެއިން

މުއްތަލިބު ވިދާޅުވީ ކުޅުދުއްފުށީ ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކުރީ މިިދިޔަ ސަރުކާރުން އެ މަސައްކަތް ކުރަން ދިން ކުންފުނިން އެކަން ނުކުރުމުންކަމަށެވެ. އެގޮރުން ކުރީ ސަރުކާރުން ކުޅުދުއްފުށީގައި ހައުސިން މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައިކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރީ އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ކުންފުންޏަކާއި ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ. 

ކުރީގެ ސަރުކާރުން އެ ކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 65 މިލިއަން ރުފިޔާދީ މަސައްކަތް ހިނގަމުން ދަނިކޮށް އިތުރު 21 މިލިއަން ރުފިޔާ ދިންކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވިއިރު ނިމުނީ މަސައްކަތުގެ 18 އިންސައްތަކަންވެސް މުއްތަލިބު ވަނީ ފާހަގަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް