ads
ރާއްޖެ އިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރު އަހުމަދު ސަރީރު އެގައުމުގެ ފޮރިން މިނިސްޓްރީގެ ނައިބްއާ ބައްދަލުކުރައްވަނީ.
ދިވެހި ސަރުކާރުގެ ސިޓީއެއް ސައުދީއަށް!
ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާ ސަފީރު އަހުމަދު ސަރީރު، ސައުދީގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ނައިބް، ވަލީދު އަލްހަރީޖީއާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް އަރުވައިފި އެވެ.
Advertisement

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު ފޮނުއްވި މި ސިޓީފުޅަކީ ދެ ގައުމުގެ ދެމެދުގައި ދޭދޭ ގުޅުންތަކާ ގުޅޭގޮތުން ފޮނުއްވި ސިޓީފުޅެކެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާލުގައި ހުންނަ އެ ގައުމުގެ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، ރައީސްގެ މި ސިޓީފުޅު ސައުދީ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖެ އިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރެވެ. މި ސިޓީފުޅާ ސައުދީ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ސައުދީގެ ވައިސް މިނިސްޓާ އޮފް ފޮރިން އެފެއާޒް ވަލީދު އަލްހުރައިޖީ އެވެ.

މި ބައްދަލުވުމުގެ ތެރެއިން ދެ ބޭފުޅުން ވަނީ ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއަށް ވަޑައިގެން އެ ގައުމުގެ ވަލީއަހުދާ ވެސް ބައްދަލުކުރައްވައިފަ އެވެ. 

އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި އިންވެސްޓްމަންޓާއި އިގްތިސާދީ ދާއިރާ އާއި އަމިއްލަ ވިޔަފާރިތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް