ads
ރައީސް މުއިއްޒު، އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން
ޗާގޯސްއަކީ ރާއްޖެއާ ބެހޭ މައްސަލައެއް ނޫން: ޔޫކޭގެ ޖަވާބު
ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ އަކީ އިނގިރޭސި ވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށާއި އޭއީ ރާއްޖެެއާއި ބެހޭކަމެއް ނޫންކަމަށް އިނގިރޭސި ވިލާތުން ބުނެފިއެވެ.
Advertisement

މިއަހަރަށް މަޖިލިސް ހުޅުވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށެވެ. އެހެންކަމުން އެތަން މޮރިޝަސްއާ ހަވާލުކުރަން އިންކާރު ކުރާ ކަމަށް ބުނެ ރާއްޖޭން އިނގިރޭސި ސަރުކާރަށް ދެ ސިޓީއެއް ފޮނުވާފައިވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ، 

އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނާނެކަން ގަބޫލުކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އޯގަސްޓް 22، 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނެސް އެ މައްސަލަ ބަލަން ނިންމިކަންވެސް ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ. 

ޗާގޯސް ހޯދުމަށް ރާއްޖެއިން ވަކާލާތުކުރަމުން އަންނާނީ އެކަމާއި ގުޅިގެން ތުރުކީ ސަރުކާރުން ހިންގާ ނިއުސް އެޖެންސީއެއް ކަމަށްވާ "އަނަދުލު އެޖަންސީ" އެކަމާއި ގުޅޭގޮތުން އިނގިރޭސިވިލާތުގެ ފޮރިން އޮފީހާ ސުވާލުކުރުމުން، އެ ގައުމުން ބުނީ ޗާގޯސްގެ ސިޔާދަތާ ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ހިމެނެނީ ޔޫކޭއާއި މޮރިޝަސް އެކަނިކަމަށާއި އެކަން އެކި އިދާރާތަކުގެ ނިންމުންތަކުން ސާފުވާކަމަށެވެ. 

" އެތައް ކޯޓަކުން، ހުކުމަކުން އަދި އެކި އިދާރާތަކުން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުގެ ސުވާލު އޮތީ ޔޫކޭ އާއި މޮރިޝަސްއާ ދެމެދުގައިކަން ސާފުވެފައި،" އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ބުނެފައިވެއެވެ

މޮރިޝަސްއާއެކު އިނގިރޭސިވިލާތުން ހަދައިފައިވާ އެއްބަސްވުމުގެ ދަށުން، ޑިއޭގޯ ގާސިއާގައި ހަދާފައިވާ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމާޔަތްކުރުމަށް ވަރަށް ހަރުކަށި މާއްދާތަކެއް ހިމަނާފައިވާ ކަމަށާއި ހަދައިފައިވާ އެ މަރުކަޒު އެތައް ޖީލަކަށް ރައްކާތެރިކޮށް ބެލެހެއްޓޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން އިނގިރޭސިވިލާތަށް ވެސް ދިފާއީ ގޮތުން ފައިދާތައްވާކަމަށް ބުނެފައިވެއެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ހުށައަޅާފައެވެ. މައްސަލަ ހުށައެޅިތާ އަަހަރެއް ފަހުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެކޯޓުން ނެރުނު ކޯޓުންއިސްތިޝާރީ ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށެވެ.

އެ ނިންމުމާއިއެކު މޮރިޝަސް އިން އެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދިއެވެ. އެ ޓްރައިބިއުނަލް ވަނީ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން ވަކިކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް