ads
ސަރުކާރުން އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީ، ހިތަދޫގައި މިއަދު ހުޅުވުން
އައްޑޫގައި ސަރުކާރު އައިނު ފިހާރަ ހުޅުވައިފި
ސަރުކާރުން އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީ، ހިތަދޫގައި މިއަދު ހުޅުވައިފި އެވެ.
Advertisement

އެގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކުރި މި އައިނު ފިހާރައަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިީއެޗް) އިން ހުޅުވި ތިންވަނަ އައިނު ފިހާރަ އެވެ. އެމްސީޖީއެޗުން މިހާރު ވެސް އަންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާއި ހިދުމަތްދެމުންނެވެ.

އޭއީއެޗްގައި ސަރުކާރުގެ އައި ފިހާރަ ހުޅުވީ ހޮސްޕިޓަލަށް ވަންނަ މައި ދޮރާވީ ފަޅިން ހޮސްޕިޓަލުގެ ބޭރުން ވަދެވޭ ގޮތަށެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އެތަން ހުޅުވީ "އައިޖީއެމްއެޗް އޮބްޓިކަލްސް އައްޑޫ" ގެ ނަމުގަ އެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އައިނު ފިހާރަ ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

އެ ރަސްމިއްޔާތުގައި (އޭއީއެޗް) ގެ ސީއީއޯ ޑރ. އިބްރާހީމް ޔާސީރު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އައްޑޫގައި ގާއިމުވެގެންދިޔަ ކެތު ލެބްގެ ހިދުމަތަކީ އައްޑޫސިޓީގެ އިތުރުން މުޅި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ހިތުގެ ބަލިތަކަށް ފަރުވާކުރުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް