ads
މާމައަކު މާމަ ދަރިފުޅާއެކު ފޮތެއް ކިޔަނީ
މާމަ ދަރިންނާއެކު ވަގުތު ހޭަދަކުރުމަކީ ހަނދާން ވަރުގަދަކުރާކަމެއް
އުމުރުން ދުވަސްވުމާއެކު ހަނދާން ބަލިވުމާއި، އަލްޒައިމާ ފަދަ ބަލިތައް ޖެހުމުގެ ބިރަކީ ގިނަ ބަޔަކު ތަހައްމަލުކުރާ ކަންބޮޑުވުމެކެވެ. ނަމަވެސް ފަހުގެ ސައިންސް ދިރާސާތަކުން ދައްކާ ގޮތުގައި، މިކަމަށް އޮތް އެންމެ ފަސޭހަ އަދި އުފާވެރި އެއް ފަރުވާއަކީ މާމަ ދަރިންނާއެކު ވަގުތު ހޭދަކުރުމެވެ. މާމަ ދަރިން ބެލެހެއްޓުމާއި އެކުދިންނާއެކު ކުޅެ މަޖާކުރުމަކީ، މުސްކުޅިވުމުން ސިކުނޑީގެ ބާރު ދަށްވިޔަ ނުދީ ހިފަހައްޓައިދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
Advertisement

"ނޯތު އެމެރިކަން މެނޮޕޯޒް ސޮސައިޓީ" އިން ޝާއިއުކޮށްފައިވާ ދިރާސާއެއްގައި، އުމުރުން 57 އަހަރާއި 68 އަހަރާ ދެމެދުގެ އަންހެނުންގެ މައުލޫމާތު ވަނީ ދިރާސާކޮށްފަ އެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ހަފުތާއަކު އެއް ދުވަހު މާމަ ދަރިން ބެލެހެއްޓުމުގައި ވަގުތު ހޭދަކުރާ މީހުންގެ ވިސްނުމާއި ހަނދާން، އެކަން ނުކުރާ މީހުންނަށްވުރެ މާ ރަނގަޅެވެ. 

ނަމަވެސް މި ދިރާސާއިން ފާހަގަކުރެވުނު އަނެއް ކަމަކީ، ހަފުތާއަކު 5 ދުވަހު ނުވަތަ އެއަށްވުރެ ގިނައިން ކުދިން ބެލުމުގައި ބުރަކޮށް އުޅޭނަމަ، އޭގެ ނަތީޖާ ގޯސްވާ ކަމެވެ. އެހެންކަމުން ސިކުނޑިއަށް ފައިދާ ކުރަނީ މިންހެޔޮ ގޮތެއްގައި ވަގުތު ހޭދަކުރުމުންނެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ބެސަމް ރޮޗްމާ ވިދާޅުވެފައިވަނީ، "މުސްކުޅި އުމުރުގައި އެކަނިވެރިކަމަކީ ސިކުނޑި މަރުވުމަށް މެދުވެރިވާ ސަބަބެއް. ކުޑަކުދިންނާއެކު އުޅުމުން މީހާ ހަރަކާތްތެރިވެ، އާ ކަންކަން ދަސްކޮށް، ސިކުނޑީގެ ނާރުތައް ވަރުގަދަވާ،" ކަމަށެވެ.

އޭނާ ލަފާދެއްވަނީ އުމުރުން ދުވަސްވީ މީހުން ގޭގައި އެކަނި ތިބުމުގެ ބަދަލުގައި، އާއިލާއާ ގުޅިގެން މާމަ ދަރިންނާއެކު ވަގުތު ހޭދަކުރުމަށެވެ. މިއީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދީ، އުފާވެރިކަން ގެނުވައިދޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް