މިއީ ރާވައިގެން ދިން ހަމަލާއެއް ނޫންކަމަށާއި، އެއީ އޭނާގެ އާ ފިލްމު "އޯ ރޯމިއޯ" ގެ ޕްރޮމޯޝަން ހަފުލާއެއްގައި ފޭނުންގެ ފަރާތުން ކުރިމަތިވި ހަމަނުޖެހުމެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މި ހާދިސާ ހިނގީ ފިލްމުގެ ލަވައެއް ކަމަށްވާ "ޕާން ކީ ދުކާން" އިފްތިތާހުކުރުމަށް ބޭއްވި ޝޯގެ ތެރެއިންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސްޓޭޖުމައްޗަށް ގިނަ އަދަދެއްގެ ފޭނުން އެއްފަހަރާ އެރުމުގެ ސަބަބުން، ޝާހިދު ކަޕޫރަށް ވަނީ ނުރައްކާތެރި ހާލަތެއް މެދުވެރިވެފައެވެ. ސެކިއުރިޓީ ގާޑުންނަށް މީހުން ކޮންޓްރޯލް ނުކުރެވުމުން، ޝާހިދު ވަށާލައި އޭނާގެ ގައިގައި އަތްލައި ހެދުމުން ސެކިއުރިޓީން ވަނީ އަވަސް އަވަހަށް އޭނާ ސްޓޭޖުން ބާލުވާފައެވެ. ވީޑިއޯއިން ފެންނަ "ހަމަލާ" އަކީ ހަގީގަތުގައި ޝާހިދު ސަލާމަތްކުރުމަށް އޭނާގެ ޓީމުން ކުރި މަސައްކަތެވެ. މި ކަމާ ގުޅިގެން ޝާހިދު ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ވިޝާލް ބާރްދްވާޖް ޑައިރެކްޓްކޮށްފައިވާ "އޯ ރޯމިއޯ" އަކީ މި މަހުގެ 13 ވަނަ ދުވަހު ސިނަމާތަކަށް އަންނަން ތައްޔާރުވެފައިވާ ފިލްމެކެވެ. މި ފިލްމުގައި ޝާހިދާއެކު ފެނިގެންދާނީ މަޝްހޫރު ބަތަލާ ޓްރިޕްތީ ޑިމްރީއެވެ. މުމްބާއީގެ ނުރައްކާތެރި ގޭންގްސްޓަރެއްގެ ރޯލުން ޝާހިދު ފެންނަ މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމަކަށް ވީއިރު، މި ފަހުގެ ހާދިސާއާއެކު ފިލްމުގެ ވާހަކަ ވަނީ މީޑިއާގައި އިތުރަށް ގަދަވެފައެވެ.