ads
ދިއްދޫ އެއާޕޯޓް އަޅަން ހިއްކާ ބިން މިހާތަނަށް 78 ހެކްޓަރުވަނީ ހިއްކާ ނިމިފައި
ދިއްދޫ އެއާޕޯޓް އަޅާ ބިން ހިއްކުން ދަނީ ތަވާލާއެއްގޮތަށް 70 އިންސައްތަ ނިމިއްޖި
ހއ.ގެ އަތޮޅު ވެރިކަން ކުރާ ދިއްދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ތަވާލާއި އެއްގޮތަށް ނިންމާލެވޭނެކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ މި މަޝްރޫއުގައި ދިއްދޫ 110 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިއްކާ ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމާއި ދިއްދޫގައި އެއާޕޯޓް އެޅުމަށެވެ.

އެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ. އެއީ މި މަޝްރޫއުގެ 78 އިންސައްތައެވެ. އެމްއޭސީއެލުން ބުނީ ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމާލެވޭނެކަމަށެވެ.

މި މަޝްރޫއު ނިމޭއިރު ދިއްދޫގެ ބިމަށް 115 ހެކްޓަރު އިތުރުވާނެ އެވެ.

އެމްއޭސީއެލް އިން ދިއްދޫ ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 5 ޖެނުއަރީ 2026ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް