މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނީ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ހިންމަފުށީ ސްކޫލަށް ޑެސްކުތަކެއް ޖަހާ ދީފައިވަނީ ދިރާސީ އައު އަހަރަށް އަމާޒުކޮށްކަމަށެވެ.
އެގޮތުން ހިންމަފުށީ ސްކޫލަށް 130 ޑެސްކް ޖަހާދީފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.
މި ޑެސްކްތައް ޖަހައިފައިވަނީ އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުންކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.
ގައިދީން ހަދިޔާކުރި ޑެސްކުތައް
މިއީ އިޖްތިމާއީ ގޮތުން އެހީތެރިވެދިނުމަށް ހިލޭކޮށްދެވިފައިވާ މަސައްކަތެއްކަމަށާއި. މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ކ. ހިންމަފުށީ ސުކޫލުންކަމަށް ކަރެކްޝަނުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;