ads
ބަރުބަރީ މިސްކިތުގެ އާ އިމާރާތް: ރޯދައަށް އެ މިސްކިތް އަލުން ހުޅުވަން ވަނީ ނިންމައިފައި - ފޮޓޯ: މިނިސްޓަރު ޝަހީމް
ބަރުބަރީ މިސްކިތް މި މަހު 16 ވަނަ ދުވަހު ހުޅުވަނީ
މިއީ 1400 މީހުންގެ ޖާގައިގެ މިސްކިތެއް
މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް މިމަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ޑރ. ޝަހީމް ވިދާޅުވީ ބަރުބަރީ މިސްކިތް މިމަހުގެ 16ވަނަ ދުވަހުގެ އަސްރު ނަމާދަށް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަޖީދީ މަގުން، ރަށްދެބައި މަގުގައި ހުންނަ މިސްކިތް 3 ބުރިއަށް މިހާރު އިމާރާތްކޮށްފައިވާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާ އެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް