ފުލުހުން ބުނީ ރޭ ދަންވަރު 12:45 ކަންހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އައިޖީއެމް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށެވެ.
މި އެކްސިޑެންޓް ހިނގީ ހައިވޭއިން މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި ކާރު ލޭނުގައި ކާރެއް މަޑުކޮށްގެން އޮއްވާ އެހެން ދުއްވާފައި ދިޔަ އެހެން ކާރެެއް އެ ކާރުގައި ޖެހި އެ ކާރު ސައިކަލް ލޭނަށް އެނބުރިގެން ދިޔަ ވަގުތު އެމަގުން އައި 4 ސައިކަލުގައި ޖެހިގެން ކަމަށެވެ.
މަންޒަރު ދުށް މީހުން ބުނީ މި އެކްސިޑެންވި ކާރު އޮތީ ފުނޑުފުނޑު ވެފައިކަމަށެވެ. އަދި ސައިކަލެއްވެސް ބޭނުން ނުކުރެވޭ ވަރަށް ހަލުވެފައިވާކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.