ފުލުހުން ބުނީ މާލޭ ސްކޭޕިންގ މަޝްރޫއުގެ ތެރެއިން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން އެ މަސައްކަތަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދު އިރުއޮއްސި 06:00 ގެ ކުރިން އެ ސަރަހައްދުން ނަގާ އެ ސަރަހައްދު ހުސްކުރަން ފުލުހުން ވަނީ އަންގާފައެވެ.
ސުނާމީ ބިނާ މައިޒާނުގެ ވީރާނާވެ ހަލާކުވާތީ އެތަން އަލުން މަރާމާތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ގައެވެ. ސަރުކާރުން ބުނީ އަމާޒަކީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ސުނާމީބިނާގެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ނިންމުމެވެ.