އެސްޓީއޯއިން މިހެން ވިދާޅުވީ، އެކުންފުނީގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ގޭސްއިން ވިއްކާ ކައްކާ ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެގެން އުޅޭކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެސްޓީއޯގެ އޮފިޝަލަކު މިރޭ "ސީއެންއެމް" އަށް ވިދާޅުވީ، މިހާރު ގޭސް ލިބުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށް އަންނަ ހަފްތާގެ ތެރޭގައި ކުރިއެކޭ އެއްފަދައިން 10 ކިލޯގެ ގޭސްފުޅި ވިއްކަންފަށާނެކަމަށެވެ.
އެސްޓީއޯއިންވަނީ ގޭސް ހުސްވެގެންއުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަކީ އާންމުގޮތެއްގައިވެސް ގޭހަށް އޮންނަ ޑިމާންޑު އިތުރުވާ މަހެއްކަމުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބާޒާރުގައި މެދުނުކެނޑި ގޭސްލިބޭނެ މަގުތައް ފަހިކުރުމަށް ކޮންމެ އަހަރެއްގެ މިދުވަސްވަރުވެސް އެސްޓީއޯއިން މަސައްކަތްކުރާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މޯލްޑިވް ގޭސްއަކީ އެސްޓީއޯ އާއި ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ގޭސް އެތެރެކުރަނީ މޯލްޑިވް ގޭސް އިންނެވެ.