ads
20 ވަނަ ރައްޔިތުންގެ މަޖިލިސް
20ވަނަ ރައްޔިތުން މަޖިލިހަކީ ގަމާރުންގެ ތަނެއް: މީކާއިލް
މިހާރު ހިނގަމުން އަންނަ ރައްޔިތުން މަޖިލީހަކީ ގަމާރުންގެ މަޖިލިހެއްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު މަޖިލީހުގައި ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލާ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތެވެ. 

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ބިލު ފާސްކޮށްފައިވަނީ ތަޅުމަށް ހުށައަޅާފައިވަނީ އެއްވެސް ބަދަލެއް ނުގެނެސްއެވެ. ކޮމެޓީގެ ބިލަށް ބަހުސް ފެށުމާއި އެކު އިދިކޮޅު މެމްބަރުން ވަނީ ގާނޫނު އާސާސީއަށް ގެންނަ އިސްލާހަކީ ގަވައިދާ ހިލާފަށް ކުރާކަމެއްކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރަނީ ހީލަތްތެރި ރޭވުމަކުންކަމަށެވެ.އެގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ކޮންމެ ފަހަރަކު އެކަން ކުރަނީ މަޖިލިސް ޗުއްޓީގައި އޮއްވާ އަވަސް އަރުވާލައިގެންކަމަށެވެ. 

މީކާއިލް ވިދާޅުވީ 20 ވަނަ ރައްޔިތުން މަޖލިސް މި ނޫން ގޮތަކަށް ހިނގާނެކަމަށް  އުއްމީދު ނުކުރައްވާކަމަށެވެ. އަދި މީ އަމިއްލައަށް ފިޔަ ކޮށާލައިގެން ތިބި ގަމާރުން ތިބި މަޖިލިހެއްކަމަށް މީކާއިލް ވިދާޅުވިއެވެ. 

" އިއްޒަތެރި ރައީސް މި ނޫނިއްޔާ ނުތިބޭނެ އަމިއްލައަށް ފިޔަ ކޮށާލައިގެން ކޮއްޓެއްގެ ތެރެއަށް ވަދެ ތިބި ބައެއް. އަމިއްލައަށް އަމކިއްލަ ފިޔަ ކޮށާލައިގެން ކޮއްޓެއްގެ ތެރެއަށް ވެދެ ކުޑަވެފައި ތިބި ބައެއް މި ނޫނީ ނުތިބޭނެ. މި ނޫނީ ނުތިބޭބެ ގަމާރު މަޖިލިހެއް. މީ ގަމާރުންގެ މަޖިލިހެއް." މީކާއިލް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ފެށުނުތާ ކުޑައިރުކޮޅެއް ނުވަނީސް ވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި ތަޅުމުން ނެރެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް