ads
20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ދެ އިންތިހާބު އެއްކޮށްލަން ތަޅުމުގައި ވޯޓަށް އެހުން 11 ޖަހާއިރު
މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހާ މެދު ގޮތެއް ނިންމަން މިއަދު 11 ޖަހާއިރު މަޖލީހުގައި ވޯޓަށް އަހަން ނިންމައިފިއެވެ.
Advertisement

އެ ބިލަށް އިތުރު ބަދަލެއް ނުގެނެސް، ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ ފަސް މިނެޓް ތެރޭ ފާސްކޮށްފައެވެ. 

ގާނޫނު އަސާސީ އިސްލާހުކުރުމުގެ މި ބިލު އެޖެންޑާކޮށް ކޮމެޓީ ރިޕޯޓަށް ބަހުސް ފެށުމުން އެކަމާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން މެމްބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އެއާއި އެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ފަސް މެމްބަރެއްގެ ނަން އިއްވާ ތަޅުމުން ވަނީ ބޭރުކޮށްފައެވެ. 

ބިލަށް ބަހުސް ކުރާނެ އިތުރު މެމްބަރެއް ނެތުމުން ރިޕޯޓަށް ބަހުސް ކުރުން ވަނީ ނިންމާލާފައެވެ. އަދި މަޖިލީހުގައި އިތުރަށް ކުރާނެ މަސައްކަތެއް ނެތުމުން މަޖިލިހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. 

މަޖިލިސް ނިންމާލަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހާ މެދު ވޯޓަށް މިއަދު 11 ޖަހާއިރު އަހާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް