ads
ސަލްމާން ހާން
ސަލްމާން ޚާން ކުއްލިއަކަށް ހޮސްޕިޓަލަށް ދިޔަ ހަބަރުގެ ހަގީތަކީ ކޮބާ؟
ބޮލީވުޑްގެ "ބައިޖާން" ސަލްމާން ހާން އިއްޔެ ކުއްލި ގޮތަކަށް މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލަށް ދިޔަ މަންޒަރު ފެނި، އޭނާގެ ފޭނުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.
Advertisement

ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ފެތުރި، އޭނާގެ ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ރިޕޯޓުތަކުން އޭނާއަށް ފިލްމު ސެޓުގައި އަނިޔާއެއްވީ ކަމަށް ބުނިއިރު، އަނެއް ބަޔަކު ބުނަމުން ދިޔައީ ހިތުގެ މައްސަލައެއް ދިމާވީ ކަމަށެވެ.

ނަމަވެސް، މި ހާސްކަމުގެ ތެރެއިން ސަލްމާންގެ ޓީމުން ވަނީ މިކަމުގެ ހަގީގަތް ހާމަކޮށްފައެވެ. އޭނާގެ ގާތް ފަރާތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ކަށަވަރުކޮށްދިން ގޮތުގައި، ސަލްމާން ހޮސްޕިޓަލަށް ދިޔައީ ސިއްހީ ބޮޑު މައްސަލައެއް ދިމާވެގެން ނޫނެވެ. އެއީ ހަމައެކަނި އާދައިގެ މަތިން ހަދާ "ރޫޓިން ޗެކަޕް" އެއް ހެދުމަށެވެ. އަދި ޗެކަޕް ނިންމާލުމަށްފަހު އޭނާ ވަނީ ހަމަ އެ ވަގުތު ގެއަށް ގޮސްފައެވެ. ހޮސްޕިޓަލުން ނުކުމެގެން ދިޔައިރު ވެސް އޭނާ ފެނުނީ ވަރަށް ހަމަޖެހިލައިގެން ހުއްޓާއެވެ.

އުމުރުން 60 އަހަރު ވިޔަސް، ސަލްމާން މި ދުވަސްވަރު އުޅެނީ ވަރަށް ބުރަކޮށް އޭނާގެ އާ ފިލްމުގެ މަސައްކަތުގައެވެ. އެހެންކަމުން ގަވާއިދުން ސިއްހީ ކަންކަން ބެލުމަކީ އޭނާ އިސްކަންދޭ ކަމެކެވެ. މި ހަބަރާއެކު ސަލްމާންގެ ފޭނުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އަދި ސިއްހަތާ ގުޅޭގޮތުން ދޮގު ވާހަކަ ނުފެތުރުމަށް އޭނާގެ އާއިލާއިން ވަނީ އެދިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް