ads
ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު
ހިބައިން ލިބެން އޮތަސް ރަޖިސްޓްރީ ނުވާ ނަމަ ފްލެޓާއި ގޯއްޗަށް އެދެވޭނެ: މިނިސްޓަރު
އެމީހެއްގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައި ނުވާ ނަމަ ހިބައިން ލިބެން އޮތް ގޯއްޗެއް އޮތް ނަމަވެސް ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ދޫކުރާ ގޯއްޗަށާއި ފްލެޓް ކުރިމަތިލުމުގެ ފުރުސަތު އެބައޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
Advertisement

މުއްތަލިބު ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހިބައިން ދީފައިވާ ގޯތިތަކަކީ ދޭ މީހާ އަނބުރާ ހޯދަން ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ އަތުލެވޭ ގޮތަށް އޮންނަ ގޯތި ތަކަށް ވުމުން އެފަދައިން ގޯތި ލިބިފައިވާ މީހުންނަކީ ބޯހިޔާވަހިކަން ލިބިފައިވާ ބައެއް ކަމަށް ނުބެލޭނެ ކަމުގައި އެވެ. 

އޭނާ ވިދާޅުވީ ހިބައިން ލިބޭ ގޯތީގެ ރަޖިސްޓްރީ ފްލެޓަށް ނުވަތަ ގޯއްޗަށް އެދޭ މީހާގެ ނަން މަތީގައި ނެތް ހާލަތެއްގައި އެމީހަކު ސަރުތު ހަމަވާނެ ކަމުގައި އެވެ. 

މުސްތަގުބަލުގައި ލިބިއްޖެ ނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވާންޖެހޭނެ ކަމަށް ސްޓޭޓްމަންޓެއް ފްލެޓަށް ނޫނީ ގޯއްޗަށް އެދޭއިރު އޮންނާނެ ކަމަށާއި އެކަމަކު އޭގެ މާނައަކީ އެތަން ދައުލަތަށް ނެގުން ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރައްވާފައިވެ އެެވެ. 

އޭގެ މާނަ އަކީ އެމީހަކު ބޭނުންވެއްޖެ ނަމަ، އާއިލާގެ ދެން ތިބި މީހުންނަށް ދޫކޮށްލަން ނުވަތަ ދަރިއަކަށް ވެސް ދެވެން އޮންނަ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.  

އެ ބޯހިޔާވަހިކަން ނުލިބޭނީ އެމީހެއްގެ ނަން މަތީގައި ރަޖިސްޓްރީވެފައި ނުވަތަ އެމީހަކު އެގްރީމަންޓެއްގައި ސޮއިކޮށް ލާރި ދައްކަމުންދާ އެމީހެއްގެ އަމިއްލަ މިލްކުވެރިކަމެއް އުފަންވެފައިވާ ނަމަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.  

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމު "އެންމެނަށް ބޯހިޔާވަހިކަން"ގެ ދަށުން ހުޅުވާލި ފުލެޓުތަކަށް އޮތް ޑިމާންޑު ވަރަށް ބޮޑު ކަމަށާއި މިހާތަނަށް 3،600އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ހުށަހަޅާފައިވާ 3،651 އެޕްލިކޭޝަނުގައި ފްލެޓަށް އޮތް ޑިމާންޑު ވަރަށް ބޮޑު ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓަށް އެހާ ޑިމާންޑު އޮތް ސަބަބެއް ކަމަށް ލަފާކުރެވެނީ ސަރުކާރުން ތިން ކޮޓަރީގެ ފްލެޓުތަކަކަށް ކުރިމަތިލާން ހުޅުވާލާފައިވާތީ އެވެ. އަދި މި ސްކީމު ބައްޓަންކޮށްފައި އޮތީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ކަމަށްވެފައި އެމީހުން ވަގުތުން ބޯހިޔާވަހިކަން ބޭނުންވާތީ ފްލެޓަށް އެދި ހުށަހަޅަނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، ސަރުކާރުން އުޅެނީ އެއްވެސް ބަޔަކަށް ފުރުސަތު ހަނިކުރާކަށް ނޫން ކަމަށާއި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް އެކަން ކޮށްދޭން ކަމަށެވެ.

އަންނަ މާރިޗު ފަސްވަނަ ދުވަހުގެ 23:59އަށް ފުލެޓަށް އެދި ފޯމު ހުށަހެޅެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް