ads
މޯލްޑިވްސް ޔޫރަޕިއަން ޔޫނިއަން ޕާޓްނާޝިޕް ޑައެލޮގް: އީޔޫއާއި ރާއްޖޭގެ މަސްލަހަތު އޮތް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފައިވޭ - ފޮޓޯ: ފޮރިން މިނިސްޓްރީ
މަހުގެ ޓެރިފާއި ވިސާއަށް ލުއިދޭން ރާއްޖެއާއި އީޔޫން މަޝްވަރާކޮށްފި
ކަނޑުމަތީގެ ސަލާމަތާ ގުޅޭ މަސައްކަތުގައި އެއްބާރުލުން އިތުރުކުރުމާއި ރާއްޖޭގެ މަހުގެ ޓެރިފް އާއި ދިވެހިންނަށް އީޔޫގެ ގައުމުތަކުން އޮން އެރައިވަލް ވިސާ ދިނުން ހިމެނޭ ގޮތަށް ގިނަ ދާއިރާތަކަކުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން މިމަހުގެ 9 ވަނަ ދުވަހު މަޝްވަރާކޮށްފި އެވެ.
Advertisement

މި މަތީ ފަންތީގެ މަޝްވަރާތަކުގެ ސަބަބުން، ދެ ފަރާތުންވެސް އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި އީޔޫއިން ކުރާ މަސައްކަތްތައް އަލުން ކަށަވަރު ކުރުމަށް ފުރުސަތު ލިބިގެންދިޔަ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

މީގެތެރޭގައި ޑިމޮކްރެޓިކް ގަވާނަންސް، އިންސާނީ ހައްގުތައް، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް، ކަނޑުގެ ސަލާމަތާއި ސަރަޙައްދީ ރައްކާތެރިކަން، ވިޔަފާރި، މަސްވެރިކަން އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އީޔޫއާއި ދިވެހިރާއްޖެއިން ވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އަސާސީ ހައްގުތައް ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފަ އެވެ. މީގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިނިވަންކަމާއެކު ހަރަކާތްތެރިވާ މަދަނީ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އީޔޫއާއި ރާއްޖޭން ވިޔަފާރީގެ ވާހަކަތައް ވެސް ދެއްކިއިރު، ޔޫރަޕުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކުރި އެވެ. އަދި އިމްޕޯޓް ޓެކުހާއި، އިންވެސްޓްމެންޓް ހޯދުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ހިޔާލު ބަދަލުކޮށްފައި ވެއެވެ.

your imageމޯލްޑިވްސް ޔޫރަޕިއަން ޔޫނިއަން ޕާޓްނާޝިޕް ޑައެލޮގް: އީޔޫއާއި ރާއްޖޭގެ މަސްލަހަތު އޮތް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފައިވޭ - ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭން އީޔޫއާއެކު، ކަނޑާއި ސަރަހައްދީ ސަލާމަތާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާއިރު، މިއީ ރާއްޖެއަށް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަަރަހައްދުގެ މައްސަލަ ބޮޑުވެފައިވާ ދުވަސްވަރެކެވެ. އެ މައްސަލަ އުފެދުނީ، އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދިނުމުން، މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅި ހިސާބުންނެވެ.

އެ އިން ކަނޑައެޅިއިރު، ރާއްޖެއަށް ކަނޑުގެ ބައެއް މަދުވެފައިވާއިރު މި ސަރުކާރުން ވަނީ އެ ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ. އަދި އެ ސަރަހައްދުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ބައްދަލުވުމަކީ 2020 ވަނަ އަހަރަށްފަހު އަދި ޖުލައި، 2024 ގައި ރާއްޖެއިން "ސަމޯއާ އެގްރީމެންޓް" ގައި ސޮއިކުރުމަށްފަހު "'މޯލްޑިވްސް - އީޔޫ ޕާޓްނަޝިޕް ޑައިލޮގް" ގެ ނަމުގައި މަޝްވަރާތައް ރަސްމީކޮށް ބޭއްވި ފުރަތަމަ ފަހަރެވެ.

ރާއްޖެއާއި އީޔޫގެ މި ފުރަތަމަ "ޕާޓްނަޝިޕް ޑައިލޮގް" ގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ޕެސިފިކް ސަރަހައްދުގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ ޕައޯލާ ޕަމްޕަލޯނީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް