ހުޅުމާލޭ ޖަލުގައި މަރުވެފައިވަނީ މާލޭ ދަފްތަރު ނރ.439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުހައިލާއި ދިއްގާގަސްދޮށުގެ / ސ.ހިތަދޫ، ހަސަން ނިޔާޒު, 45އ. އެވެ.
މީގެތެރެއިން އިބްރާހިމް ސުހެއިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ފަހުން އޭނާ މަރުވީ ނިއުމޯނިއާ ޖެހިގެންނެވެ.
މީގެ އިތުރުން ހަސަން ނިޔާޒް މަރުވީ އޭނާއަށް ކުއްލި މެޑިކަލް އިމާޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމުން ދަނިކޮށެވެ.
އެނގިފައިވާ ގޮތުގައި، ހަސަން ނިޔާޒު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޖަލުގެ ފާހާނާތެރެއަށް ވެއްޓި ހޭނެތިފައި އޮއްވަ އެވެ.
މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ، އެ ދެ މީހުންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ހާމަކޮށްފައެވެ.