ads
ހަނާ ޖަލު ހެދުމުގައި
ސުޕްރީމް ކޯޓުގައި ފަސް އަހަރަށްވުުރެ ގިނަ ދުވަސް ވެފައިވާ ހަނާ މައްސަލަގެ އަޑު އެހުމެއް
ކުރީގެ މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު ނަޖީބް، އަނިޔާވެރި ގޮތަކަށް މަރާލުމުގައި ބައިވެރިވެ ކުށް ސާބިތުވެ، ފާތިމަތު ހަނާ މަރަން ކޮށްފައިވާ ހުކުމާ މެދު ޝަރުއީ އެންމެ މަތީ މަރުހަލާއިން ގޮތެއް ކަނޑައަޅަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި އޮންނަތާ އަހަރެއް ފަހުން އަނެއްކާވެސް އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވައިފި އެވެ.
Advertisement

ހަނާގެ މަރުގެ ހުކުމް ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅަން ދައުލަތުން ހުށަހެޅީ 2020 ވަނަ އަހަރުއެވެ. ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުގައި ދެ އަޑުއެހުމެއް ބާއްވައި، މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ އޭޕްރީލް، 2021 ގަ އެވެ. އެހެންކަމުން އެންމެ މަތީ ކޯޓުގައި މި މައްސަލަ އޮންނަތާ މިހާރު ފަސް އަހަރުވީއެވެ.

މި މައްސަލައިގެ އަޑު އެހުމެއް މިއަދު ބޭއްވީ މައްސަލަ ބައްލަވާ ބެންޗަށް ބަދަލު އައިސްފައިވާތީ އެވެ.

މީގެކުރިން ބެންޗުގައި ތިއްބެވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ސުޖޫން އެވެ. ބެންޗުގެ ރިޔާސަތުގައި ކުރިން އިންނެވީ މުއުތަސިމް އެވެ. މުއުތަސިމް އާއި ސުއޫދު އަދި މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ނެތުމުން، ބެންޗަށް އަލަށް ގެނެސްފައިވަނީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ރިޔާސަތަށް ކަނޑައަޅާފައިވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.

މިއަދުގެ އަޑުއެހުމަކީ ބެންޗު ބަދަލުވެފައިވާތީ، އިޖުރާއަތް ފުރިހަމަކުރަން ބޭއްވި އަޑުއެހުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް