ads
ހުޅުމާލޭގައި 5،000 ޓަނުގެ އާރްއޯ ޕްލާންޓު ބޭނުންކުރަން ފެށުން - -ފޮޓޯ: އެމްޑަބްލިޔުއެސްސީ
ހުޅުމާލޭ 5000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓް ބޭނުން ކުރަން ފަށައިފި
ދުވާލެއްގެ މައްޗަށް 5000 ޓަނުގެ ފެން އުފެއްދޭވަރުގެ އާރުއޯ ޕްލާންޓެއް ހުޅުމާލޭގައި ބަހައްޓައިފި އެވެ.
Advertisement

މާލެ ސަރަހައްދަށް ފެން ފޯރުކޮށްދޭ ސަރުކާރު ކުންފުނި، އެމްޑަބްލިއުއެސްސީން ބުނީ، އެ ޕްލާންޓު ބޭނުންކުރަން ފެށުމުން މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން ހަރުދަނާ ވާނެ ކަމަށެވެ.

އަންނަ ބުދަ ދުވަހު ފެށޭ ރޯދަ މަހު، އޮންނަ ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށް އެ ޕްލާންޓަކީ އެހީއަކަށް ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، މިއީ ހުޅުމާލޭގައި އެމްޑަބްލިއުއެސްސީން ބެހެއްޓި 5000ޓަނުގެ ފެން އުފައްދާ ދެވަނަ ފެން ޕްލާންޓެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ފެނުގެ ހިދުމަތް ފެންވަރު ރަނގަޅުކޮށް ރައްޔިތުން ބޭނުންވާ މިންވަރަށް ފެން އުފެއްދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެއިތުރުން ރަށްރަށުގެ ފެން ޕްލާންޓުތައް ނިމިދިޔަ ސަރުކާރުތަކުން މަރާމާތް ނުކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކޮށް އޮޕަރޭޝަނަށް ދަނީ ގެންނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް