ads
ލޯކަލް އިންތިހާބުގައި އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ - ފޮޓޯ: ޖޭޕީ
ގައުމަށްޓަކައި ޕީއެންސީއަށް ވޯޓު ދޭންޖެހޭ: ގާސިމު
ގައުމަށްޓަކައި ޕީއެންސީއަށް ވޯޓު ދޭންޖެހޭ ކަމަށާއި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ބޭކާރު ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ގާސިމް މިހެން ވިދާޅުވިއިރު ޖުމްހޫރީ ޕާޓީން ވަނީ އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި އދ. މާމިގިލި އަދި ފެންފުށީ ކައުންސިލް ފިޔަވައި، އެހެން ރަށްރަށަށް ކެންޑިޑޭޓުން ނުނެރެން ކަނޑައަޅައި، ޕީއެންސީއަށް ތާއިދު ކުރަން ނިންމައިފަ އެވެ.

ޖޭޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމު އިބްރާހީމު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ތާއީދުކުރަން ނިންމީ ގައުމުގެ ހަމަޖެހުން ގެއްލި ލޮޅުމެއް އަރާފަދަ ކަމެއް ކުރަން ބޭނުން ނުވާތީ ކަމަށެވެ. 

އެގޮތުން ގައުމުގެ ދަރަނިތައް ދެއްކޭނެ މަގުތައް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަހިކޮށްދެވޭނީ ރައްޔިތުންގެ އެއްބާރުލުން އޮތްކަން ފުރިހަމައަށް އެމަނިކުފާނަށް ދައްކުވައިދީގެން ކަމަށްވެސް ވިދާޅުވި އެވެ. 

ގާސިމް އިތުރަށް ގޮވައިލެއްވީ، ގައުމުގެ މަސްލަހަތާއި އަމާންކަމަށް ޓަކައި ޕީއެންސީއަށް ވޯޓު ދިނުމަށެވެ. އަދި އިދިކޮޅަށް ވޯޓު ދީގެން، ''ބޭނުން ނެތް ކަމެއް ކުރަނީ'' ކީއްކުރަންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ކީއްކުރަންތޯ ބޭނުން ނެތް ކަމެއް ކުރަނީ؟ އެއަށްވުރެ މާރަނގަޅުވާނެ މަރުވެފައި އޮތް މަންމަގެ މާހަނަ މައްޗަށް ގޮސް މަޑިއަކަށް ޖެހުނިއްޔާ،" ގާސިމް ވިދާޅުވި އެވެ.

ނިންމާލައްވަމުން ގާސިމް ވިދާޅުވީ، ގައުމު އޮތް ދަރަނީގެ ހާލަތުން އަރައިގަނެވޭނީ ރައްޔިތުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށެވެ. އެހެންކަމުން، ގައުމުގެ މުސްތަގުބަލަށްޓަކައި ހުރިހާ ރައްޔިތުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ ވަނީ ތަކުރާރުކޮށް ޢިލްތިމާސް ކުރައްވާފަ އެވެ. 

މިހަފްލާގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފް ކުރުމާއި ކެންޑިޑެސީ ލިޔުން ހަވާލުކުރެއްވުން އޮތެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް