އުމައިރު ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީ އަށެވެ. މި ކެޓަގަރީއަށް އޭނާ ނޮމިނޭޓްކޮށްފައިވަނީ ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އުމައިރު ނޮމިނޭޓްކުރީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުންނެވެ.
މިއާއެކު ރައީސްގެ ދަރިއަކު ވީމަ ނޮމިނޭޓްކުރީކަމަށް ބުނެ ބައެއް މީހުން އަންނަނީ ފާޑުކިޔަމުންމެވެ.
މި ވާހަކަތަކަށް ރައްދުދެއްވާ ކުރީސް ސްޕޯޓްސް މިނިސްޓަރު މަހްލޫފް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އުމެއިރަށް ތައުރީފުކުރައްވާފައެވެ. މަހްލޫފް ވިދާޅުވީ މަހުލޫފް ވިދާޅުވީ އެ އެވޯޑަށް އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި އެއީ އެންމެ ކުޑައިރުއްސުރެ އޭނާ ކުރި މަސައްކަތުން ކަމަށެވެ.
މަހްލޫފް ވިދާޅުވީ އުމައިރަކީ މޮޅު ޓީޓީ ކުޅުންތެރިއެއްކަމަށެވެ. އަދި ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއްކަމަށާއި 2024 ވަނަ އަހަރު އުމައިރު ވަނީ ކާމިޔާބީތަކެއް ހޯދާފައި ކަމަށްވެސް މަހްލޫފް ވިދާޅުވިއެއަވެ. އެއެީ އެމްޑީޕީގެ ވެރިކަމުގައި ހިންގި އަރުތަ ޕްރޮގްރާމްގައި ހިމެނުނު އެތުލީޓެއްކަން ވެސް މަހްލޫފް ވަނީ ފާހަގަކުރައްވާފައެވެ.