ads
ހަނިމާދޫ ހޮސްޕިޓަލްގެ ބިންގާ ހެލްތު މިނިސްޓަރު ނާޒިމް އަޅުއްވާ ދެއްވަނީ - ފައިލް ފޮޓޯ
އަތޮޅުތެރޭގެ 6 ހޮސްޕިޓަލެއް މި އަހަރު ތެރޭގައި ނިމޭނެ
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރަމުން އަންނަ 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިންމާ މިއަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އަތޮޅުތަކުގެ ރަށްރަށުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން އަންނަނީ އެކި މަޝްރޫޢުތައް ހިންގަވަމުންނެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓެޓް މިނިސްޓަރު އިސްމާއީލް ޝަރީފް ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ޞިއްޙީ ނިޒާމަށް އުމްރާނީގޮތުން އިންގިލާބީ ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ.

އެ ގޮތުން، މި އަހަރުގެ ތެރޭގައި ހއ.ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު، ކ. ގުރައިދޫގެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސިއްހީ ހިދުމަތް ހޯދުމަށް މާލޭގެ ހޮސްޕިޓަލުތަކަށް ބަރޯސާވެ މާލެ އަންނަންޖެހުމަކީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހޭ ބޮޑުކަމެކެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތް ތަކުގެ ތެރެއިން އަތޮޅުތަކުގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމުގެ ގޮތުން ބޭނުންވާ ސިއްހީ ވަސީލަތްތައް ހޯދުންފަދަ މަސައްކަތްތައް ދަނީ ކުރިއަށްދަމުންނެވެ.

އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަމެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ހޮސްޕިޓަލުތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މީގެ އިތުރުން ޖީޕީ ކްލިނިކްތަކާއި އިތުރު ހޮސްޕިޓަލްތަކެއް ރަށްރަށުގައާއި މާލޭ ސަރަހައްދުގައި ތަރައްޤީކުރުމަށްވެސް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ދައުލަތުން މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ސިއްޙީ ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު އަހަރު ނިމުމުގެ ކުރިން ގިނަ މަޝްރޫތަކެއް ފެށިގެންދާނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ. 

ދައުލަތުން މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ވެސް ސިއްހި ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު، މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ފަށާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް