މި މަޝްރޫއުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި މަޝްރޫއުގައި ފިއްލަދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެ އެވެ. މިއީ 77.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ސަރުކާރުން އަންނަނީ، ރާއްޖޭގެ އެކި ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ކުންްފުނިތަކާ ހަވާލު ކުރަމުންނެވެ. މިގޮތުން ކުޅުދުއްފުށީ ސިޓީގެ މަގުތައް ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތާއި، އިތުރު 7 އަތޮޅުގެ 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ އާރްޑީސީއާ ހަވާލުކޮށްފަ އެވެ.